ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާއި ގުޅޭ

                                           

ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާއި ގުޅޭ

ލ.ގަމުގައި ޤާއިމްކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓރ (ދަނާލު) ގެ ޚިދުމަތަށް އެދޭފަރާތްތަކަށް އާރ.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެމަތިން މިވަގުތު ހުސްކޮށްހުރި 01 އެޕާޓްމެންޓަށް އެދި ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

އާރު.އެލް.ސީ (ދަނާލު) ކުއްޔަށް ދެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ދަނާލު އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ށ. މިގޮތުން އެޕާޓްމެންޓް ކުއްޔަށް ދޫކުރެވޭނީ ގަމުގައި ގޯތިގެދޮރު ނެތް، ގަމުގެ ވަޒަންވެރިންކަމުގައި ނުވާ، ރަށުން ބޭރު ފަރާތްތަކަށެވެ.

 

އާރު އެލް ސީ (ދަނާލު) ބޭނުންކުރެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ބޭނުންކުރެވޭނީ އާރު.އެލް.ސީ ހުންނަ ރަށުގައިހުރި ތަޢުލީމުދޭ ސުކޫލް/މަރުކަޒެއްގައި ރަޖިސްޓަރީވެގެން ކިޔެވުމަށް އެރަށަށް އައިސްތިބޭ އެހެން ރަށްރަށުގެ ދަރިވަރުންނަށާއި އެފަދަ ކުދިންނާއި ހަވާލުވެގެން ތިބޭ ބެލެނިވެރިންނަށެވެ.

ށ. އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުހަލާއެއް ފުރިހަމަކުރުމަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

 

އާރު.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

ހ. އާރު.އެލް.ސީގެ ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެ އެޕާޓްމެންޓެއްގައި ދަރިވަރުންނާއި ހަވާލުވެގެން ހުންނަ ބެލެނިވެރިއެއްގެ އިތުރުން މަދުވެގެން 03 ދަރިވަރުން (ސުކޫލް ދަރިވަރުން) އެ އެޕާޓްމެންޓްގައި ދިރިއުޅެން ހުށައަޅާފައިވާނަމައެވެ.

 

ށ. އާރު.އެލް.ސީގެ އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ނ. ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެޕާޓްމެންޓް ކުއްޔަށް ހިފާ ފަރާތާއި އާރު.އެލް.ސީ ބަލަހައްޓާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ރ. ކޮންމެ އެޕާޓްމެންޓެއްވެސް ކުއްޔަށްދެވޭނީ މަދުވެގެން 03 މަސް ދުވަހުގެ މުއްދަތަށް އަދި ގިނަވެގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ.

އެގޮތުން މިއެޕާޓްމެންޓް ކުއްޔަށްދެވޭނީ މިހާރު ހިންގަމުންދާ ދިރާސީ އަހަރުގެ ނިޔަލަށެވެ.

ބ. އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަވުމުން އެޕާޓްމެންޓް ދޫކޮށްލަންޖެހޭނެއެވެ.

ޅ. ހަމަޖެހިފައިވާ ކުއްޔާއި، ކަރަންޓަށް ހިނގާ ޚަރަދު އެޕާޓްމެންޓާއި ޒިންމާވާ ފަރާތުން ޤަވާޢިދުން ދައްކަންޖެހޭނެއެވެ.

ކ. އެޕާޓްމެންޓް ކުއްޔަށްހިފާފައިވާ ބެލެނިވެރިޔާއަށް، އެ އެޕާޓްމެންޓްގައި ކުއްޔަށް ދަރިވަރުން ބޭތިއްބިދާނެއެވެ. އެހެންނަމަވެސް އެގޮތުން ބައިތިއްބާ ދަރިވަރުން ވާންޖެހޭނީ ސުކޫލުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަމުގައެވެ. އަދި އެދަރިވަރުންގެ ކަންކަމާއި ޒިންމާ ވާންޖެހޭނީ އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ބެލެނިވެރިޔާއެވެ.

އ. އެޕާޓްމެންޓް ދޫކުރުމުގައި އިސްކަންދެވޭނީ ދަރިވަރުންގެ ޢަދަދަށެވެ. އަދި އެޕާޓްމެންޓް ދޫކުރެވޭނީ ޕޮއިންޓް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ ދަނާލުގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، 14 ޑިސެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެކަމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު ޙަމަދު ސުކޫލަށް ހުށައަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އެޕާޓްމެންޓަށް އެދޭ ފޯމް ޙަމަދު ސުކޫލުން ލިބެން ހުންނާނެއެވެ. ފޯމް ހުށައަޅާނީ ރަސްމީ ގަޑީގައި ޙަމަދު ސުކޫލްގެ އޮފީހަށެވެ.

 

07 ޑިސެމްބަރ 2023

07 ޑިސެންބަރު 2023
ހޯދާ