ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

                                                                                             FSM-ADV-/2023/067

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މާސްޓަރ މެރިން

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

1

ޝަރުތުތައް:

މާސްޓާސް ސެޓްފިކެޓް (STCW A-ll/2) 3000 GT ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

3000 ގްރޮސް ޓަނޭޖް ނުވަތަ އެއަށްވުރެ މަތީ ބޯޓެއްގައި މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށް، އަދި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ކޮށްފައިވާ ދަތުރުތަކުގައި މާސްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ދަތުރުތަކުގައި މާސްޓަރެއްގެ ގޮތުގައި މަދުވެގެން 6 މަސްދުވަހު މަސައްކަތްކޮށްފައިވުން.

މަސައްކަތުގެ ބާވަތް:

ކާގޯ އަދި ތެޔޮ ޑެލިވަރީގެ ދަތުރުތަކުގައި ބޯޓުމަތީ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް/ވެސެލްސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

06 ޑިސެމްބަރ 2023

06 ޑިސެންބަރު 2023
ހޯދާ