މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
މަސައްކަތު (ވޭޖް)

IUL/GS84/2023/08

މަސައްކަތު (ވޭޖް)

އިޢުލާން

މަޤާމު:

މަސައްކަތު (ވޭޖް)

މަޤާމުގެ ނަންބަރު:

J-226970

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން)

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 09 މާރޗް 2024އާއި ހަމައަށް

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޮޅަދޫ ސްކޫލް / ހއ. މޮޅަދޫ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 1200.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 1085.00 ރުފިޔާ
  3. މިނިމަމް ވޭޖް އެލަވަންސް މަހަކު 832.00 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީ ކުރުން.
  2. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ގޮނޑިތަކާއި ޑެސްކުތައް ފޮޅައި ސާފުކޮށް ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން އަދި ކްލާސްރޫމްތައް މޮޕް  އަޅާ  ސާފު ކުރުން
  3. ގޯތިތެރެއާއި މަގުމަތީން ޙަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނިނަގާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. ކުލާސްރޫމްތަކުގެ އިތުރުން ޙަވާލުކުރެވޭ އެހެނިހެން އިމާރާތްތަކާއި އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހައި ފަރުނީޗަރާއި ތަކެތި ހިރަފުސްފޮޅައި ސާފުކޮށް މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާނެހެން މޮޕްޖަހައި ތަރުތީބުކުރުން.
  5. ގޯތިތެރޭގެ ހިރަފުސްބޯ ސަރަހައްދުތަކަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
  6. އެމީހަކަށް ޙަވާކުރެވޭ އިމާރާތްތަކުގައި ފެންލާންޖެހޭ ކޫލަރުތަށް ސާފްކޮށް ބޯފެން އަޅާފައި ބެހެއްޓުން.
  7. ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެން.
  8. ޕްލޭ އޭރިޔާގެ ސްލައިޑްތަކާއި ދަރިވަރުން ކުޅުމަށް ބޭނުންވާ އެންމެހާތަކެތި ޗެކްކޮށް އެއްވެސް ހަޑިޔެއްވާނަމަ ދޮވެ ސާފްކުރުން.
  9. ޙަވާލުކޮށްފި ހިނދެއްގައި، ސެޝަން ނިމުން ދިދަތިރިކޮށް ރައްކާކުރުން.
  10. ކިޔަވައިދޭ ރަސްމީ ދަންފަޅީގައި ދަރިވަރުންގެ ފާޚާނާއާ ކައިރި ހިސާބެއްގައި ކޮންމެވެސް އެއް މަސައްކަތު މީހަކު މަޑުކުރުން.
  11. ސެޝަން ނިމުމުން މުވައްޒަފުންގެ ފާޚާނާ އަދި ދަރިވަރުންގެ ފާޚާނާތަށް ރަނގަޅަށް ރީތިކޮށް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ޑިޔުޓީގަ ދޭތެރެދޭތެރެއިން ފާޚާނާގެ އާއްމު ސާފުތާހިރުކަން ބަލާ ރަނގަޅު ކުރަންޖެހޭނަމަ ރަނގަޅުކުރުން.
  12. ޙަވާލުކޮށްފައިވާ އިމާރާތެއްގައި ބޮތްކެއް އަނދާފައިވާނަމަ ވަގުތުން ބޮކި ބަދަލުކުރުން
  13. ޙަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާގެ ދޮރުތަކާއި ، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތަކާއި ކަބަޑުތައް ސާފުކުރުން. އަދި ފެންފޮތި ލައި ސާފްކުރަންޖެހޭ ތަންތަން ސާފުކުރުން. ބިއްލޫރި ސާފުކުރަންވާނީ ސާފުކުރަން ބޭނުން ކުރާ ކެމިކަލް ބޭނުން ކޮށްގެންނެވެ.
  14. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތަކާއި ފަންކާތަކާއި ލައިޓްތައް ޗެކްކޮށް މަރާމާތަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ވެރިއަކަށް ދިނުން.
  15. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ މަކުނުވާތައް ފޮޅުން
  16. މިސްކިތު އިސްކުރުބަރިއާއި އަތްދޮވުމަށް ހަރުކުރެވިފައިވާ ތަށިތަކާއި ސިންކުތަކާއި އިސްކުރުތަށް ދޮވެ ސާފްކޮށް ބެލެހެއްޓުން
  17. ޙަވާލުކުރެވިފައިވާ އިމާރާތްތަކުގެ އޭ.ސީތަކާއި ދިޔަދޮވިތައް ސާފުކުރުން
  18. ޙަވާލުކުރެވިފައިވާ އައުޓްޑޯރ ލައިޓްތައް ސާފުކޮށް ބެލެހެއްޓުން
  19. ޙަވާލުކުރެވިފައިވާ އިމާރާތްކުގައާއި ގޭޓުގެ ތަޅުތަކާއި، ތަންޑާއި އަދި ހުޅުފަތްތަކަށް ތެޔޮޖަހާ ސާފުކުރުން
  20. ޙަވާލުކުރެވިފައިވާ ސަރަޙައްދުތަކުގައިވާ ގަސްތަށް ބޯ ނުޖެހޭވަރަށް ކޮށާ ބެލެހެއްޓުން
  21. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ކޮރިޑޯރ ތަޅުންގަނޑު ފެންޖަހާ ދޮވެސާފުކުރުން
  22. ސްކޫލުގެ ހުރިހާ އިމާރާތްތަކުގައިވާ ޑެސްކްތަކާއި، މޭޒްތަކާއި ގޮނޑިތައް ދޮވެ ސާފްކުރުން
  23. ވޯކްވޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފްކުރުން
  24. ޙަވާލުކުރެވިފައިވާ އިމާރާތްތަކުގެ ދޮރުފޮތި ދޮވުން
    1. ރަސްމީ ގަޑިތައް ފިޔަވާ ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ޙާޟިރުވުން.
    2. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮ ގޮތުގައި ބޭނުން ކުރެއްވުމާއި އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.
    3. ޒަރޫރީ ބޭނުމެއް ދިމާވެގެން ބޭރަށް ދުރުވާން ޖެހިއްޖެ ޙާލަތެއްގައި ޙަވާލުވެ ހުންނަވާ ސްޕަވައިޒަރުގެ ހުއްދަ ހޯދައި، ބޭރަށް ދުރުވާ ފޮތުގައި ބޭރަށް ދުރުވާ ސަބަބު ބަޔާންކުރައްވައި ލިޔުއްވައި ސޮއިކުރެއްވުމަށްފަހު ބޭރަށް ދުރުވުން.
    4. ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުން އަދި ޙަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާއި ބެހޭ މައުލޫމާތު ސްޕަވައިޒަރަށް ދިނުން.
    5. ބޭއްވޭ ބައްދަލުވުންތަކާއި ޖަލްސާތަކާއި އެހެނިހެން ހަރަކާތްތަކަށް ހޯލާއި ކްލާސްރޫމްތައް ތައްޔާރުކުރުމާއި އެހަރަކާތެއް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަލުން ރޭވުން.
    6. ރަށުގެ ފިހާރަތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ސްކޫލަށް ގެނައުން.
    7. މަސައްކަތު މުވައްޒަފެއް ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުންނަ ދުވަހެއްނަމަ އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.
    8. އޮފީސްތަކަށާއި، އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ރައްދުކުރުން.
    9. ސްކޫލު ގޯތިތެރޭގަ ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއް ހުރިހަމަ ވަގުތުން އެކަމެއް ޙައްލުކުރުން.
    10. ސްކޫލުގަ ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގައާއި މަސައްކަތްތަކުގަ ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
    11. ކުލާސްރޫމްތަކުގައި ދިމާވާ ކަމަކާއި ގުޅިގެން އިދާރާއިން ނުވަތަ މުދައްރިސުން އެދިލައްވާ ގޮތެއްގެމަތިން އަވަސް އެހީތެރިކެމެއް ދިނުން.
    12. ޙަވާލުކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރުމުގައި އެ އިމާރާތެއްގެ އެންމެހާ އިލެކްޓްރޯނިކް އެކުއިޕްމަންޓްއަށް ރައްކާތެރިވުން
    13. ދުވާލުގެ ކުނިކެހުމާއި އެފަދަ އާންމު މަސައްކަތްތައް ނިމުމުން މަސައްކަތު މުވައްޒަފުން ތިބުމަށް ކަނޑައެޅޭ ސްޓޭޝަނުގައި މަޑުކުރުން.
    14. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

  ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ދާއިރާތައް:

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:  ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓިރިއާގެ ހުރިޔާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން  ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޑިސެމްބަރ 2023ގެ 13:00ގެ ކުރިން، މޮޅަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އެސެސެމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 14 ޑިސެމްބަރ 2023 އާ
20 ޑިސެމްބަރ 2023 އާ ދެމެދު، މޮޅަދޫ ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500561 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

22 ޖުމާދުލްޢޫލާ 1445

06 ޑިސެންބަރު 2023
ހޯދާ