ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހާއިގުޅިގެން މަސްރޭހެއް ބޭއްވުމާއިބެހޭ

އިޢުލާން

 

 

މަސްވެރިންގެ ދުވަހާއިގުޅިގެން މަސްރޭހެއް ބޭއްވުމާއިބެހޭ

 

މިކައުންސިލުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި،  ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެންބަރު 2023 ވަނަ ދުވަހުއެވެ. މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެއެވެ.  މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ. ވިނގިލީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާ ގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް 2023 ޑިސެންބަރ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިޢުލާނާ އެކީގައިވާ "ރައްޔިތުންގެ މަސްރޭސް 2023 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 ޑިސެންބަރ 2023

05 ޑިސެންބަރު 2023
ހޯދާ