ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ޕްރޮގްރާމްއާއި ގުޅޭ

މިއިދާރާގެ ނަންބަރު  އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ދަށުން ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ވަރަށްގިނަ ގެތަކުގެ ފޯމް ލިބިފައި ނުވާތީ، ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް އެދި ފޯމް ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ 7 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެނުގެ ޚިދުމަތަށްއެދޭ ފޯމް ފުރުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފެނުގެ ޚިދުމަތް ލިބޭނީ "ފެނުގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް" މިކައުންސިލަށް ލިބޭ ތަރުތީބުންނެވެ. ފެނުގެ ޚިދުމަތަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ދަންނަވަމެވެ. މިމުއްދަތުގައި ފޯމް ހުށަނާޅާ ގެތަކަށް ފެނުގެ ޚިދުމަތް ލިބޭނީ ރަސްމީކޮށް ފެނުގެ ޚިދުމަތް ފެށުމުން އަލުން ފޯމް ހުށަހެޅުމުންނެވެ.

05 ޑިސެންބަރު 2023
ހޯދާ