މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ހުޅުދުއްފާރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ޢާންމު ކުރުމާއިގުޅޭ

"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް، ރ.ހުޅުދުއްފާރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ 30 ނޮވެމްބަރ 2023 ވަނަ ދުވަހު ފާސްކޮށްދެއްވާފައެވެ.

ވީމާ، ފާސްކުރެވިފައިވާ ރ.ހުޅުދުއްފާރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން މިޢިއުލާނާއިއެކު ޢާންމުކުރީމެވެ

04 ޑިސެންބަރު 2023
ހޯދާ