ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާނު

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-322815

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން/ ޔުނީޓް

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ މަނަ، އެ އަދުދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.
  5. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  6. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  7. ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 1762.60 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-    ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމަށްޓަކައި "މައި އެކައުންޓް" އިން ޓާގެޓްތައް އެޅުމަށް މުވައްޒަފު އަދި ސުޕަވައިޒަރުންނަށް މެއިލްކުރުމަށާއި އަހަރު ދެބައި ވުމުން ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ރިވިއުކުރުވުމާއި، އަހަރު ނިމުމުން ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޕީއޭ އިވެލުއޭޓްކުރުމަށް އެންގުމާއި މަސައްކަތު ފެންވަރު ބެލުނު ގޮތުގެ ރިޕޯޓް ތައްޔާރު ކުރުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.

2-    މި އެޖެންސީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ވަގުތަށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމާއި، ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ އިވެލުއޭޝަން ރިޕޯޓް އުސޫލާއި އެއްގޮތަށް ބެލެހެއްޓުން.

3-    އެޗް.އާރ.އެމް.ޑީ ކޮމިޓީގެ އަދި އިސް ވެރިންގެ ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް ކޮމެޓީގެ ބައްދަލުވުންތައް ހަމަޖައްސައި ކޮމިޓީއަށް އެންގުމާއި ކޮމިޓީގެ ޔައުމިއްޔާ ލިޔެ ފާސްކޮށް އެޗް.އާރ.އެމް.ޑީގެ ލިޔެކިޔުންތައް އަދި އިސްވެރިންގ ބައްދަލުވުމުގެ ލިޔުންތައް ސަރކިއުލޭޓްކުރުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.

4-    މި އެޖެންސީގެ ވަޒީފާ ހަމަޖެހުމުން އެ މުވައްޒަފުންނަށް އެންސްޕާގެ އެޗް.އާރ ސިސްޓަމް ލޮގިން،ފިންގަރ ޕްރިންޓް މެޝިން އައި.ޑީ، އޮފީސް މެއިލް ކްރިއޭޓް ކުރުމާއި އަދި ޑޯރ އެކްސެސް އަދި އޮފީސް ކާޑަށް ރިކުއެސްޓްކޮށް އެކަން އައި.ޓީ. ސްޓާފުންނާއި ގުޅިގެން ކުރިއަށް ގެންދިއުމާއި، މުވައްޒަފަކު މި އެޖެންސީގެ ވަޒީފާއިން ވަކިވުމުން އެމުވައްޒަފަށް ދީފައިވާ އެންމެހައި އެކްސެސްތައް ކެނޑުމަށް ރިކުއެސްޓްކޮށް އެކަން ކަށަވަރުކުރުމާއި، މުވައްޒަފުންނަށް އެންގުން.

5-    މި އެޖެންސީގެ ވަޒީފާއެއް ހުސްވުމުން އަދި އިޢުލާން ކުރުމުގެ ހުއްދަ އަލަށް ލިބިފައިވާ މަޤާމްތަކުގެ ދާއިރާ ކަނޑައަޅަން ދާއިރާ ކަނޑައަޅާ، ބަޖެޓް ލިބިފައިވާކަނށް ކަށަވަރުކޮށް، އެ މަޤާމްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަން ކުރުމުގެ އުސޫލާއި އެއްގޮތަށް އިޢުލާން ތައްޔާރުކޮށް ގެޒެޓް ޕޯޓަލް މެދުވެރިކޮށް ޒެގެޓްކުރުން.

6-    މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ހިއުމަން ރިސޯސް ސެކްޝަނުން ނިންމަށްޖެހޭ މަސައްކަތްތައް ނިންމުމާއިއެކު، ކޮންމެ މީލާދީ މަހެއްގެ 18 ން 24 ހާ ދޭތެރޭގައި މުސާރަ އާއި އިތުރުގަޑި އަދި ގަޑީލާރި ރިޕޯޓްތައް ނަގާ ސެޕް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ފޮނުވުން.

7-    ކޮންމެ މީލާދީ މަހެއްގެ މުސާރަ މުވައްޒަފުންނަށް ޖަމާވާކަން ކަށަވަރުކުރުމާއި، ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ބަދަލުވުމުގެ ސަބަބުން މުވައްޒަފުންނަށް ދޭންޖެހޭ ފައިސާއެއް ނުވަތަ އަނބުރާ ހޯދަންޖެހޭ ފައިސާއެއްވާނަމަ އެކަން ސެކްޝަންގެ ވެރިޔާގެ ސަމާލުކަމަށް ގެނެސް އެ ފަރާތްތަކަށް ފޮނުވަން ޖެހޭ ސިޓީ ފޮނުވުން.

8-    މި އެޖެންސީގެ ވަޒީފާ އަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތު ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް މުސާރަ ތައްޔާރުކުރުމަށްޓަކައި ގެންނަންޖެހޭ އެންމެހައި ބަދަލުތައް މިނިސްޓްރީ އޮފް ފިނޭންސްގެ އުސޫލާއި އެއްގޮތަށް ސެޕް ސިސްޓަމުން އަޕްޑޭޓްކުރުން.

9-    މި އެޖެންސީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ޑްރާފްޓް ތައްޔާރުކުރުމާއި، އިންޓަރނަލް ސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސިވިލް ސަރވިސް ކޮމިޝަނުން ހުއްދަ ލިބުމުން ވިއުގަ މެދުވިކޮށް އެންޑޯރސްކުރުމަށް ފޮނުވުން.

10-ކޮންމެ މިލާދީ މަހެއް ނިމުމުން އެމަހެއްގެ މުވައްޒަފުންގެ ހާޟިރީ ޗެކް ކުރުމަށްފަހު ޣައިރު ހާޟިރުވެފައިވާ މުވައްޒަފުންނާއި، ގަޑި ޖެހުމުގެ ސަބަބުން ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ރިޕޯޓްތައް ހޯދުމަށްފަހު، ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު ތައްޔާރުކުރުމަށްފަހު ސްޕަވައިޒަރަށް ފޮނުވުމާއި، މުވައްޒަފާއި އެ ފިޔަވަޅު ހަވާލުކުރެވޭކަން ކަށަވަރުކޮށް މުވައްޒަފުގެ ޕާރސަނަލް ފައިލަށްލުމާއި، އިސްލާޙްވާ މުވައްޒަފުންނަށް އެކަން ލިޔުމުން އެންގުން.

11-ކޮންމެ މިލާދީ މަހެއް ނިމުމުން އެމަހެއްގެ މުވައްޒަފުންގެ ހާޟިރީ ރިޕޯޓ ޗެކް ކުރުމަށްފަހު ހާޟިރީ އެވޯޑް ލިބޭ މުވައްޒަފުންގެ މަޢުލޫމާތާއި، ހާޟިރީއަށް އެންމެ ފަރުވާތެރި ސެކްޝަންގެ މަޢުލޫމާތު ސެކްޝަންގެ ވެރިޔާއަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، ކޮންމެ މަހެއްގެ މުވައްޒަފުންގެ ބައްދަލުވުން އިންތިޒާމް ކުރުމާއި، އެ ބައްދަލުވުން ބާއްވާ ތާރީޚަށް ސެޓްފިކްތައް ތައްޔާރުކޮށް ސެކްޝަންގެ ވެރިޔާއަށް ފޯރުކޮށްދިނުން.

12-މި އެޖެންސީގެ ވަޒީފާ އަދާކުރާ / އަދާކޮށްފައިވާ ފަރާތްތަކުން ވަޒީފާގައި އުޅޭ / އުޅުނުކަން އަންގައިދޭ ލިޔުމަށް ރިކުއެސްޓްކުރުމުން ސައްހަ މައުލޫމާތާއިއެކު އެ ލިޔުން ރަސްމީ 3 ދުވަސް ތެރޭގައި އެފަރާތްތަކަށް ދިނުން.

13-ހިއުމަން ރިސޯސް ސެކްޝަނުން ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ "ޑޭސް އެންޑް ރިޕޯޓް" ތައްޔާރުކޮށް ކަމާބެހޭ ސެކްޝަންތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.

14-ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއި ސިޓީތަކާ ގުޅިގެން ޒިންމާދާރު އިސްވެރިޔާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

މ މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެންބަރު 11 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ، ހަވީރީހިގުން)، އައި.ޖީ.އެމް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2023 ޑިސެންބަރު 12 އާއި2024ޖަނަވަރީ 11 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

03 ޑިސެންބަރު 2023
ހޯދާ