ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

ކައުންސިލުން ރަޢިއްޔަތުންނާ ބައްދަލުކުރުމާގުޅޭ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ107/1 މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރަޢިއްޔަތުންނާ މަޝްވަރާކުރުމަށް މިކައުންސިލުން ބާއްވާ 2023 ވަނަ އަހަރު 3 ވަނަ ކުއާޓާގެ ބައްދަލުވުން މި ހިނގާ ޑިސެމްބަރ މަހުގެ 12،11،10 މި 3 ދުވަހުގެ ރޭގަނޑު 08.30 ގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. އެގޮތުން ބާއްވާ ބައްދަލުވުންތައް ބާއްވާނެ ތަންތަނާ އަވަށްތައް ތިރީގައި ދަންނަވާފައި އެވަނީއެވެ. މި ބައްދަލުވުންތަކަށް ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން ވަޑައިގެން ދެއްވުންއެދެމެވެ.

1-         މުކުރިމަގު އަވަށުގެ ބައްދަލުވުން އޮންނާނީ 10 ޑިސެމްބަރ 2023 ދުވަހުގެރޭ 08.30 ގައި މުކުރިމަގު ސަކޫލްގައެވެ.

2-         މަތިމަރަދޫ އަވަށުގެ ބައްދަލުވުން އޮންނާނީ 11 ޑިސެމްބަރ 2023 ދުވަހުގެ ރޭ 08.30 ގައި ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގައެވެ.

3-         ތުނޑި، އާބާދުވާ ސަރަހައްދުގެ ބައްދަލުވުން އޮންނާނީ 12 ޑިސެމްބަރ 2023 ދުވަހުގެ ރޭ ކައުންސިލް އިދާރާގެ ހޯލްގައެވެ

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ. އަދި މި ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

03 ޑިސެމްބަރ 2023

03 ޑިސެންބަރު 2023
ހޯދާ