ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހދ.ވައިކަރަދޫ އިޖުތިމާޢީ މަރުކަޒުގެ (ކުރީގެ ބޮޑުމަދަރުސާ) މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން ތިރީގައި އެވާ ތާރީޚުތަކުގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 10:00

14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ