ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމް ހުށަހެޅުމާއި ގުޅޭ

2021 އަދި 2022 ވަނަ އަހަރު މިރަށުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރު 2023 ގެ ކުރިންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މީގެއިތުރުން، 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މިފޯމު މިތާރީހުގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ރަޖިސްޓްރީވިފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ރަޖިސްޓްރީވިފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި، 25 ޑިސެންބަރު 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން އަދި 65 އަހަރު ފުރޭ މީހުން ހިމެނޭ ޢާއިލާތައް.

 

އަދި، 25 ޑިސެމްބަރު 2023 ގެ ކުރިން މިފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާފައިވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ފޯމު ބަލައިގަތުން އޮންނާނީ  03 ޑިސެމްބަރު 2023 ން ފެށިގެން  25 ޑިސެމްބަރު 2023 ގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައި ކުރިއަށްދާނެއެވެ.  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ