މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެމް.އެމް.އެސް އަށް ޔޫޕީއެސް ގަތުން

 

ޔޫ.ޕީ.އެސް ސިސްޓަމް ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

                    މިސަރވިސް ޑޮޕްލަރ ވެދަރ ރާޑަރ އަށް 20KVA UPS ސިސްޓަމް ގަތުމަށް ބޭނުންވާތީ މި ޔޫ.ޕީ.އެސް. ސިސްޓަމް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

       ވީމާ، މިތަކެތި ސަޕްލައިކޮށް މިސަރވިސްއަށް ރައްދުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރު 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވަންވެސް ހަމަޖެހިފައިވަނީ ހަމައެދުވަހު (2023 ޑިސެމްބަރު 12 ވާ އަންގާރަ ދުވަހު) ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ ޓީ.އޯ.އާރު މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

       

16 ޖުމާދުލްއޫލާ 1445    

                           30 ނޮވެމްބަރ 2023

 

30 ނޮވެންބަރު 2023
ހޯދާ