އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓަންޓް އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2، ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6,295 ރ، ސަރވިސް އެލަވަންސް: -/3,500 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ /  ވޯޓަރ އެންޑް ސެނިޓޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  • ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފެނާއި ނަރުދަމާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފެނާއި ނަރުދަމާއާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓު ތައްޔާރު ކުރުމުގައި އެހީތެރިވުން.
  • ރާއްޖޭގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާގެ ޑިޒައިންތައް ޑިޒައިން ކުރެވިފައި ހުންނަނީ އީ.ޕީ.އޭގެ މިންގަނޑަށްތޯ ބެލުމުގައި އިންޖިނިއަރަށް އެހީތެރިވުން.
  • ސަރުކާރުން ނުވަތަ ސަރުކާރަށް އެހީދީގެން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ސްޕަވައިޒް ކުރުމާއި، ޕްރޮގްރެސް ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.
  • ރާއްޖޭގައި ފެންވައިރުކުރާ މީހުންނަށް ލައިސަންސް ދޫކުރުމުގައި އެހީތެރިވުން.
  • ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ނަރުދަމާ ނިޒާމްތައް ސުޕަވައިޒްކުރުމުގައި އެހީތެރިވުން.
  • ފެނާއި ނަރުދަމާ ނިޒާމްތަކާއި ގުޅޭ ސާރވޭކޮށް ރިޕޯޓު ތައްޔާރުކުރުން.
  • އީ.އައި.އޭ ސްކޯޕިންގ ތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތިމާވެށްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 22 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ