މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

                                                  ނަމްބަރ: (IUL)295-A/295/2023/90

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-389364

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1                                              

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް1

ސެކްޝަން / ޔުނިޓް:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ، ނ.ހޮޅުދޫ

މުސާރަ:            

މަހަކު 5610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

 

  1. ސަޕޯރޓިންގ ކޯރ އެލަވަންސް: މަހަކު 700/- ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%  ( ތިރީސް ފަސްއިންސައްތަ )
  3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަރވައިޒަރގެ ލަފަޔާ އިރުޝާދުގެމަތިން ކުރުން
  3. ކައުންސިލް އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލް އިދާރާގެ ޔުނިޓްތަކުންނާއިކަމާބެހޭ ފަރާތްތަކުން ހޯދައިގެން ސިސްޓަމަށްއަޅައި ބަޖެޓް ތައްޔާރުކޮށް ބެލެހެއްޓުމާއި އެކަންކަން މުވައްޒަފުންލައްވައި ކުރުވުން
  4. ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން  
  5. މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ތެރެއިން ރެވެނިއު އެކައުންޓް 1 އަދި ޚަރަދު އެކައުންންޓް 1 އަށް ވަންނަ އަދި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯރޓް ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން
  6. މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯރޓް ސިސްޓަމުން ތައްޔާރުކުރުމާއި، މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  7. ކައުންސިލް އިދާރާއަށް ފައިސާލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
  8. ރެވެނިއު އެކައުންޓް 1 އަދި ޚަރަދު އެކައުންޓް 1 ގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާ އެކައުންޓްތަކާގުޅޭ ޗެކްފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  9. ބަޖެޓާ ފައިސާއާއިބެހޭ ބައިގެ މަސައްކަތްތަކާ ބެހޭގޮތުން ބަލަހައްޓަން ޖެހޭ ތަފާސް ހިސާބުތައް އެއްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  10. ކައުންސިލް އިދާރާގެ ރެވެނިއު އެކައުންޓް 1 އަދި ޚަރަދު އެކައުންޓް 1 އިން އެކި ފަރާތްތަކާ ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމާއި ނުލިބިވާ ފައިސާ ހޯދުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކައުންޓާއު ބެހޭ ހިސާބުތައް ބެލެހެއްޓުން
  11. ކައުންސިލް އިދާރާއިން އަގުދައްކާގޮތަށް ދޭ ޚިދުމަތްތަކުގެ އަގު ބަލައިގަތުމާއި އެ ޚިދުމަތްތަކުގެ ފައިދާއާއި ގެއްލުމުގެ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން  
  12. މުވައްޒަފުންނަށް މުސާރަ ދިނުމާއި އެކިއެކު އެލަވަންސްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  13. ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ކުއްޔާއި ޚިދުމަތްތަކުގެ އަގަށް ލިބޭފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދާނީ ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތަށްތޯ ބަލައި އެކަން ކަށަވަރުކުރުން
  14. ފައިސާ އާއިބެހޭ ހުރިހާ ލިޔުންތަކެއް ބަލަހައްޓަމުން ގެންދާނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުން
  15. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާކުރަންޖެހޭ މާލީ ރިޕޯޓްތައް ސިސްޓަމުން ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
  16. ކައުންސިލުންދޭ ޚިދުމަތްތަކަށާއި ތަންތަނާއި ތަކެތިކުއްޔަށްދީގެން ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެމަތިން ދައްކަމުން ގެންދޭތޯ ބެލުމާއި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކައުންސިލްގެ ލަފާގެމަތިން އަޅަމުން ގެންދިޔުން
  17. ބަޖެޓާ ފައިސާއާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަނޑައެޅިފައިވާ ފޯމެޓަށް ތައްޔާރުކޮށް ބެލެހެއްޓުން
  18. މީގެ އިތުރުން އޮޑިޓާބެހޭ ކަންތައްތަކާ، ބަޖެޓާ ފައިސާ އާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  19. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަކީ ކޮންމެ ސްޕަރވައިޒަރެއްގެ ވެސް މަސްއޫލިއްޔަތަކަށްވާތީ ކޮންމެ މަސައްކަތު އަހަރެއްގައި މަސައްކަތް ސްޕަރވައިޒް ކުރުމުގައާއި އެޕްރައިޒަލް ފޯމް ފުރިހަމަ ކުރުމުގައި ސްޕަރވައިޒަރަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން
  20. ކައުންސިލް އިދާރާގެ އެހެން ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން
  21. ޔުނިޓްގެ އެހެން މުވައްޒަފަކަށް ދިމާވާކަމަކާއި ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތްތައް ކުރުން
  22. ހާއްސަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީ ކަންކަމާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން
  23. މީގެ އިތުރުން ޔުނިޓްގައި ހިމެނޭ އެހެން މަސައްކަތްތަކާއި އިދާރާއިން ކުރިޔަށްގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގު

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިންގ

މަޤާމުގެ ކޯ ޑިސިޕްލިން

ފައިނޭންސް، އެކައުންޓިންގ

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ފައިނޭންސް، އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި  މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)

 http://www.csc.gov.mv/download/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑުގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޟެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުންދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ނ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ)  ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ބ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު

5%

ކޯ ނުވަތަ ޕްރިފައޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް )

20%

އިންޓަރވިއު

35%

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60%  ( ފަސްދޮޅަސް ) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ނ.ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 ޑިސެމްބަރ 2023 އާއި 31 ޑިސެމްބަރ 2023 އާއި ދެމެދު ނ.ހޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" ޢާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއިދާރާގެ 6560009 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu)) އިން ލިބެން ހުންނާނެއެވެ.

 

29 ނޮވެމްބަރ 2023

29 ނޮވެންބަރު 2023
ހޯދާ