ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނައަހަރު ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމް ހުށަހެޅުމާއިގުޅޭ

2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ފަރާތްތަކުން، '' ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް '' ހުށަހެޅުމުގެ ފުރުޞަތު 3 ޑިސެމްބަރު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ޑިސެމްބަރު 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާކަމަށާއި، އަދި  25 ޑިސެމްބަރު 2023 މި ތާރީޚްގެ ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތައް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުން އުނިކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އަދި މީގެއިތުރުން 2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރި ވެފައިވާ  ފަރާތްތަކުންވެސް  '' ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް '' ހުށަހެޅުމަށް ދަންނަވަމަވެ.

1 . ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެންރަށަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ފަރާތްތައް.

2 . ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން، ކައިވެނީގެ ޙާލަތައް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ) ފަރާތްތައް.

3 . ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.

4        2023 ވަނަ އަހަރު ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން، 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރު 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭމީހެއް / މީހުން ހިމެނޭ އާޢިލާތައް.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ