އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު އެކުލަވާލުން

       ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓުރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ .

       2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހައިފަރާތްތަކުން، ފަޤީރުންނާއި މިސްކީނުންގެ

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށަހަޅުއްވަން ޖެހޭނެއެވެ.

      2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ  ތެރެއިން އަންނަ ނިވި ހާލަތު  މެދުވެރިވެފައިވާ

ފަރާތްތަކުންވެސް ފޯމް ހުށަހަޅުއްވަން ޖެހޭނެއެވެ.

1-     ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށްފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުވެފައިވާ ފަރާތްތައް

2-     ދަފްތަރުގައި ރަޖިސްޓްރީވީފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ) ފަރާތްތަށް

3-     ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަށް

4-     2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ 2023 ގެ

       ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މިހެއް / މީހުން ހިމެނޭ އާއިލާތައް

          

      ރަޖިސްޓްރީވުމަށް އެދޭ ފޯމް 29 ނޮވެމްބަރ 2023 އިން ފެށިގެން ކައުންސިލް އިދާރާގެ ރިސެޕްޝަން އިން ލިބެން ހުންނާނެއެވެ.

      ވީމާ ރަސްމީ ދުވަސްތަކުގައި،  03 ޑިސެމްބަރ  2023 އިން ފެށިގެން 25 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް،ފަޤީރެއްގެ ގޮތުގައި

      ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ