ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް ކުރިއަށް ގެންދިއުމާއި ގުޅޭ

ކައުންސިލްގެ އެންމެހާ ކަންކަމުގައި ބޭނުންކުރުމަށާއި، ރަސްމީ އެކިއެކި ލިޔެކިޔުންތަކާއި ތަކެތީގެ އިތުރުން ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ބޭނުންކުރެވޭނެ  ފަދަ ރަށުވަންތަ ރަށާއި ގުޅޭނެ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ 128 ވަނަ ޢާންމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވެ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ، ލޯގޯ ހުށަހެޅި ފަރާތަކަށް 3000.00 (ތިންހާސް) ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރަސްމީ ގަޑީގައި  6500519 ނަންބަރަށް ގުޅުއްވައި މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު ނަން ނޯޓް ކުރެއްވުން އެދެމެވެ.

27 ނޮވެންބަރު 2023
ހޯދާ