އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިޖޫރި ހުޅުވުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުމައް

       އިޢުލާން 

 

ކައުންސިލް އިދާރާގެ ތިޖޫރީ ހުޅުވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

   މިކައުންސިލްގެ ތިޖޫރީވަނީ ތަޅުލެވިފައެވެ.                     

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

 

  1. ތިޖޫރީ ހަލާކުކޮށްލައިގެން ހުޅުވުން
  2. ތިޖޫރީ ހުރިތަން ތަޅާލައި ސާފުކުރުމަށްފަހު ފާރުގައި ސިމެންތި ޖަހައި ކުލަލުން
  3. ތިޖޫރީ މަތީގައި ހުރި ތަކެތި ފާރުގައި ފިލާގަނޑެއް އެޅުމަށްފަހު އޭގެ މަތީގައި ބެހެއްޓުން

މަތީގައިވާ ހުރިހާ މަސައްކަތްތައް ކުރަންވާނީ އަމިއްލަ ތަކެތީގައެވެ.

 

                       މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް 2023 ޑިސެމްބަރު 4 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. 

                       ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅާ އަގާއި މުއްދަތު އަދި ހުށައަޅާ ފަރާތުގެ މަޢުލޫމާތު ހިމެނުމަށްފަހު ލިޔުމަކުން (ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި) ކައުންސިލަށް 2023 ޑިސެމްބަރު 5 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.  

                     13   ޖުމާދަލްއޫލާ  1445  

                       27   ނޮވެމްބަރު   2023  

 

                                                                    އިބްރާހީމް ޢާދިލް

                                                                   ކައުންސިލްގެ ރައީސް

27 ނޮވެންބަރު 2023
ހޯދާ