އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕުރީސުކޫލް ޓީޗަރެއް ހޯދުމައް

އިޢުލާން

ޕްރީ ސުކޫލް ޓީޗަރެއް (ވޭޖު އުޞޫލުން) ނެގުމާއި ގުޅޭ.

މަޤާމު

ޕްރީ ސުކޫލް ޓީޗަރ ( ވޭޖް)

ސްޕެޝަލައިޒޭޝަން

ޕްރީސްކޫލް

މަޤާމުގެ ނަމްބަރ

-

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި:

ވަގުތީ ( ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 2023 ޖޫން 30ގެ ނިޔަލަށް )

މަޤާމުގެ ރޭންކު

ޓީޗަރ ރޭންކް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ. އޮމަދޫ ޕްރީސްކޫލް

މުސާރަ، ޖޮބް އެލަވަންސް އަދި އެޓެންޑެންސް އެލަވަންސް:

ޓީޗަރ ރޭންކު

އަސާސީ މުސާރަ (ހާޒިރުވާ ދުވަހަކަށް)

ޖޮބް އެލަވަންސް: (މަހަކު)

އެޓަންޑެންސް އެލަވަންސް

(ހާޒިރުވާ ދުވަހަކަށް)

ރޭންކު 1

-/234ރ.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޕްރީސްކޫލްގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ޕްރީސްކޫލްގެ މުދައްރިސެއްގެ ޙައިޞިއްޔަތުން، އިދާރާގެ ކިޔަވައިދިނުން ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމާއި ދަރިވަރުންގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

2. ޕްރީސްކޫލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކުވެރިކަމާ އެއްބައިވަންތަކަން އުފައްދާ ދެމެހެއްޓުމަށް ބޭނުންވާ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އުފެއްދުންތެރިކަން އިތުރުކޮށް މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

3. ޕްރީސްކޫލްގެ ކިޔަވައިދިނުމާއި ގުޅޭ ކަންކަމާބެހޭ މަޢުލޫމާތު ސްޕަވައިޒަރަށް ފޯރުކޮށްދިނުމާއި، ކައުންސިލްގެ ފަރާތުން ހިންގާ ކަންކަމާގުޅޭގޮތުން ރައްޔިތުންނާއި މީޑީއާއަށް އަދި ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އެފަދަ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.

4. ކިޔަވައިދިނުމާއި ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ރެކޯޑްތައް  ފުރިހަމަ ކުރުމާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

5. މަތީގައި ކަނޑައަޅާފައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްޢޫލިއްޔަތާގުޅިގެން، ޒިންމާދާރު ކައުންސިލަރ، ކައުންސިލްގެ ރައީސް ނުވަތަ ޒިންމާދާރުވެރިޔާ ނުވަތަ އދ. އޮމަދޫ ކައުންސިލް އިދާރާއިން އަންގާ/ޙަވާލުކުރާ ކަންކަން ސްޕަވައިޒަރާއި ގުޅިގެން ކުރިން

މަޤާމުގެ ޝަރުތުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް  ޙާޞިލްކޮށްފައިވުމާއެއެކު "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

2- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނޯޓް

މަތީގައިވާ ފުރަތަމަ ޝަރުތުން މަޤާމަށް ޝަރުތު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ "ދިވެހި ބަހުގެ ދާއިރާ" އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް 3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި ( އެ ސަނަދުން މަޤާމަށް ޝަރުތު ހަމަވާކަމުގައި ) ބަލަންވާނެއެވެ.

ތައުލީމީ ދާއިރާތައް

އެޑިއުކޭޝަން

ޕްރީސްކޫލް

ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ސިޓީ

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ.މެއިލް އެޑްރެސް ހިމެނޭގޮތަށް )

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5. މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2023 ޑިސެމްބަރ 06 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 07 ޑިސެމްބަރ 2023 އާއި 12 ޑިސެމްބަރ 2023 އާއި ދެމެދުގެ ތާރީޚެއްގައި މި އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް މިމަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ކޮންޓްރެކްޓް އުސޫލުން ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 2024 ޖޫން 30 ގެ ނިޔަލަށް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ( މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް 2021 (ތިންވަނަ އިސްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. )

30

އަސާސީ ޝަރުތު ހަމަވުން

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަތުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

25

އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

35

އިންޓަވިއު

ނޯޓް: މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680542 އަށެވެ. އީ-މެއިލް ކުރާނީ [email protected]                      އަށެވެ.

                     13  ޖުމާދުލްޢޫލާ  1444

                       27  ނޮވެމްބަރ  2023

27 ނޮވެންބަރު 2023
ހޯދާ