މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ޕްރިންޓަ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭޭނުންވެއްޖެ

މާމެންދޫ ސްކޫލް

ގއ. މާމެންދޫ

                                                                             ނަންބަރު: GS198/IUL/2023/33

                                            އިޢުލާން 

        ޕްރިންޓަރު ކަމުގެ މަޤާމަށް މީހަކު ހޮވުން:                                                              

މަޤާމު:

ޕްރިންޓަރ

މަޤާމުގެ ނަންބަރު:

J-389982

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާމެންދޫ ސްކޫލް، ގއ.މާމެންދޫ

މުސާރަ:

މަހަކު: -/4465 ރުފިޔާ

ސާރވިސް އެލަންވަން:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިން ކޯ އެލަވަންސް: މަހަކު -/700 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 1562.75 ރުފިޔާ
  • މީގެ އިތުރުން ކަނޑައެޅިފައިވާ ޤަވައިދުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ސްކޫލުން ޗާޕުކުރެވޭ ތަކެތި އަދި ފޮޓޯކޮޕީ ހެދޭ އެންމެހާ ތަކެތި ފޮޓޯކޮޕީ ހެދުމާއި ހީރަސް ޖެހުން.

2-      ސްކޫލުން ޗާޕުކޮށް ފޮޓޯކޮޕީ ހަދާ ތަކެތީގެ ރެކޯޑު ބެލެހެއްޓުމާއި، އެތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލު ކުރުން.

3-      ސްކޫލުގައި ކުރިޔަށް ގެންދެވޭ އެކްޓިވިޓީތަކުގެ ފޮޓޯނަގާ ރައްކާތެރިކަމާއެކު ޑްރައިވްގައި ސޭވުކޮށް ބެލެހެއްޓުން.

4-      ޗާޕު ކުރުމާއި ގުޅިގެން އުފެދޭ ކުނިބުނިތައް ރައްކާތެރިކަމާއެކު ނައްތާލުން.

5-      ފޮޓޯކޮޕީމެޝިން، ޗާޕުމެޝިންފަދަ ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ ސާފު ކުރުން.

6-      ސްކޫލުން ޗާޕުކުރެވޭ ތަކެތީގެ ތެރެއިން ހީރަސްޖަންޖެހޭ ތަކެތީގައި ހީރަސް ޖެހުމާއި، ބައިންޑުކުރަން ޖެހޭ ތަކެތި ބައިންޑު ކުރުން.

7-      ސްކޫލުން، ނުވަތަ ޓީޗަރުން ލެމިނޭޓު ކުރުމަށް ބޭނުންވާ ތަކެތި ލެމިނޭޓު ކުރުން.

8-      ސްކޫލުން ޗާޕުކުރެވޭ ތަކެތި ޓީޗަރާއި ޙަވާލުވަންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

9-      ސްކޫލުގެ ފަރާތުން ޔައުމިއްޔާ ލިޔަންޖެހޭ ކަންކަމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

10-  މާލިއްޔަތު ޤަވައިދާއި އެއްގޮތަށް ސްކޫލުގެ ސްޓޮކް ބެލެހެއްޓުން.

11-  ސްކޫލުގެ މަޤުޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ބައިވެރިވެ، މަސައްކަތް ކުރުން.

12-  ދިމާވާ އިމަޖެންސީ ޙާލަތުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

2- ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސެޓްފިކެޓް 3 ޙާޞިލު ކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނޯޓް:

މަތީގައިވާ މަޤާމުގެ ޝަރަޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހިބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، އެ ސަނަދުން ޖީ.އެސް. 3 ގެ ޝަރުޠުގައި ހިމެނޭ 2 ކޮމްޕޯނަންޓަ ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި ) ބަލަންވާނެއެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 

އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ. )

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537- 29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް ) ދެ ފުށުގެ ލިޔުން ފެންނަ، ލިޔެފައިވާ ލިޔުން ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކިރްޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑްވިސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގައި މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިމަކުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުވައްޞަޞާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރިވިސް ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތު ހަމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާން ކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާން ކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވާލެވިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ އަމިއްލަ ކުންފުޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމެންޓް އުޞޫލުގެ ޖަދުވަލު 8ގައިވާ 'އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް'

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނީ ތިރީގައި މިދަންނަވާ ކަންތައްތަކުގެ މައްޗަށެވެ.

އަސާސީ ޝަރުޠު ހަމަވުމަށް

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަވިއު

35

 މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާ އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ޑިސެންބަރު 2023 ވާ ބުދަ ދުވަހު ގެ 13:30ގެ ކުރިން ގއ. މާމެންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު  އިމްތިޙާން / ޕްރެކްޓިކަލް އޮންނާނީ، 10 ޑިސެމްބަރ 2023 އިން 14 ޑިސެމްބަރ 2023 އާއި އާއި ދެމެދު، ގއ. މާމެންދޫ ސްކޫލުގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް(A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ފޯނު ނަންބަރު: 7983073 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ  އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

26 ނޮވެންބަރު 2023
ހޯދާ