މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޕިކަޕް، ސިޓީލާ ނީލަމުގައި ވިއްކާލުމާއިބެހޭ

ނ.ލަންދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ގެނައި 2 ޓަނުގެ ޕަވަރގޭޓް ޕިކަޕްގައި ރޯކޮށްލައި، ބޮޑުބައެއް އަނދާފައިވާތީ، އެ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2023 ނޮވެމްބަރ 27 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން، ޕިކަޕް ގަތުމަށް ބޭނުންވާ އަގު، މިއިދާރާއަށް ދުރުވެ ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ނުވަތަ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ

އީމެއިލް: [email protected]

ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާއި ހަމައަށް ހުށަހެޅޭ އެންމެމަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރުން ގޮވާ، މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. މިގޮތުން ޖެހިޖެހިގެން  ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ކާމިޔާބުކުރާ ފަރާތަށް، ނީލަން ކާމިޔާބުވިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކާ، 30 ދުވަހުގެ ތެރޭގައި ޕިކަޕް ގެންދަންވާނެއެވެ.  ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.  

ނީލަން ފެށޭ އަގު: 45,000.00 (ސާޅީސްފަސްހާސް ރުފިޔާ)

އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 1500.00 ( ފަނަރަ ސަތޭކަ ރުފިޔާ )                

                އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ނަމްބަރު ތަކަށް ގުޅުއްވުން އެދެމެވެ.

ފޯނު ނަމްބަރު: 6563759 ، 6563757

 

26 ނޮވެންބަރު 2023
ހޯދާ