ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
01 ޔުނިވާސަލް ފާޙާނާ އަމިއްލަ ތަކެތީގައި ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

މި ސުކޫލުގެ އިއުލާން ނަމްބަރ (IUL)GS17/2023/032 އިއުލާނަށް އެއްވެސް ފަރާތެއް ބީލަން ހުށައަޅާފައި ނުވާތީ އިއުލާން ބާތިލް ކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

މިސްކޫލަށް 01 ޔުނިވާސަލް ފާޙާނާ އަމިއްލަ ތަކެތީގައި ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ނޮވެމްބަރ 2023 ން 28 ނޮވެމްބަރ 2023  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ނޮވެމްބަރ 2023 ން 28 ނޮވެމްބަރ 2023  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

 

ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެންބަރ 03 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.  

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

23 ނޮވެންބަރު 2023
ހޯދާ