މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކުރުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 02 ނޮވެންބަރު 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/106 އިޢުލާނާ ގުޅިގެން ހުށަހަޅައިފައިވާ އަންދާސީހިސާބު، މި އޮތޯރިޓީން ބޭނުންވި މިންގަނޑަށް ނުފެތޭތީ އެ އިއުލާނު ބާތިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުން ހުޅުވައިލަމެވެ.  

ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

29 ނޮވެންބަރު 2023

ބުދަ   

12:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

03 ޑިސެންބަރު 2023

އާދިއްތަ

09:00

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކް:https://forms.office.com/r/myL6rGnvgy

  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 29 ނޮވެންބަރު 2023 ވާ ބުދަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019663 އަށް ގުޅުއްވުން އެދެމެވެ.

23 ނޮވެންބަރު 2023
ހޯދާ