ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ބަނދަރު ސަރަޙައްދުން ވިޔަފާރިކުރުމަށް ބިން ދޫކުރުން

ނަންބަރު : (IUL)370-ESMS SC/370/2023/41

 

 

 

 

އިޢުލާން

 

 

ފ.ފީއަލީ ބަނދަރު ސަރަޙައްދުން ވިޔަފާރިކުރުމަށް ބިން ދޫކުރުން

 

 

    ފ.ފީއަލީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް 07 ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ 2023 ވަނަ އަހަރުގެ 40 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމައިފައެވެ.

    ބަނދަރުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދާއިރާ ( ކެޓަގަރީ ) ތަކުގެ ވިޔަފާރި ކުރުމަށެވެ. ބިން ތަކުގެ ލޮކޭޝަން އަދި ބޮޑުމިން އެނގޭނެ ޗާޓެއް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

 

#

ދާއިރާތައް

ބިމުގެ ބޮޑުމިން (އަކަފޫޓް)

ބީލަން ފެށޭ އަގު

1

ކެފޭ / ރެސްޓޯރަންޓް

3894.00

 

 

އަކަފޫޓަކަށް 0.75 ލާރި

2

ހޯލްސޭލް / ރީޓެއިލް ( މިކްސްޑް ވިޔަފާރި )

4227.92

3

ޓޭކް އަވޭ ( ގާޑިޔާ ވިޔަފާރި )

2032.50

4

ގުދަން ގޮތުގައި ބޭނުން ކުރުމަށް 1 ( އާންމު ގުދަން )

2200.19

5

ގުދަން ގޮތުގައި ބޭނުން ކުރުމަށް 2 ( އާންމު ގުދަން )

2031.33

6

ވޯރްކް ޝޮޕް ( ގަރާޖު )

1679.58

7

ކޮމާޝަލް ބޭނުމަށް ( މަސްވެރިކަމުގެ ވިޔަފާރީގެ ބޭނުމަށް )

1875.00

     ވީމާ، މަތީގައި ދަންނަވާފައިވާ ބިންތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މި ކައުންސިލް އިދާރާއިން ބީލަންފޮތް ބައްލަވައިގަތުމަށްފަހު، 13 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށްވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން ދޫކުރާ ބީލަންފޮތް ބައްލަވައި ގަތުމަށް 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން [email protected] އަށް ވިޔަފާރީގެ ނަން ނުވަތަ ބައްލަވައިގަންނަވާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަންބަރު ނުވަތަ އައިޑީކާޑު ނަންބަރ، އެދޭފަރާތުގެ ނަން އަދު ގުޅޭނެ ނަންބަރ މެއިލް ކުރެއްވުމުން އެފަރާތަކަށް ބީލަންފޮތް ބައްލަވައިގަތުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސައިދެވޭނެއެވެ. ބީލަންފޮތުގެ އަގަކީ 500/- ( ފަސްސަތޭކަ ރުފިޔާ ) އެވެ. ބީލަންފޮތް ދޫކުރުމުގެ ސުންގަޑީގެ ކުރިން މެއިލްކުރައްވާ، ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައި ގަންނަން ވާނެއެވެ. އެއް ފަރާތަކަށް ބިޑު ހުށަހެޅޭނީ ނުވަތަ ބިޑްކުރެވޭނީ ގިނަވެގެން 2 ( ދޭއް ) ބިމަށެވެ.  ނަމަވެސް ބިޑް ހުށަހަޅަން އަންނަ ފަރާތަކަށް ބިޑް ޑޮކިއުމަންޓްގައި ވާގޮތަށް އެކަކަށް ވުރެ ގިނަ ބިޑް ހުށަހެޅުމަށްޓަކައި ޙާޟިރުވެ ބިޑް ހުށަހެޅިދާނެއެވެ. އަދި ބީލަން ފޮތް ބައްލަވައިގަތުމަށް ދައްކަވާ ފައިސާ އަކީ ނޮންރިފަންޑަބަލް ޕޭމެންޓެއްކަމުގައިވެސް ދަންނަވަމެވެ.

   އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް [email protected]  ނުވަތަ 6740012 / 7970804 / 7666594 އަށް ގުޅުއްވުން އެދެމެވެ.

21 ނޮވެމްބަރ 2023

07 E 1445

 

 

 

 

 

ޚާދިމްކުމް

 

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

21 ނޮވެންބަރު 2023
ހޯދާ