ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކުންފުންޏަށް އިންޓަރނަލް އޮޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ އިތުރު މައުލޫމާތު ޓާރމްސް އޮފް ރިފެރެންސްގައި ވާނެއެވެ.

ގޫގުލް ލިންކް:

https://forms.gle/4mxbrUTkigZBm1MdA

ބިޑް ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މައިގަނޑު ކަންކަން:

  1. އޮޑިޓް މަސައްކަތްތައް ކުރުމުގައި ބައިވެރިވާނެ ފަރާތްތަކުގެ ކެޕޭސިޓީ އާއި ތަޖުރިބާ
  2. އޮޑިޓް މަސައްކަތުގެ ޝެޑިއުލް އަދި މެތަޑޮލޮޖީ
  3. މަސައްކަތުގެ އަގު

ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން 7 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑްއޮފީސް (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގޭޓު 4، ފަޅުމަތީމަގު، 1ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް ([email protected]) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

 

21 ނޮވެންބަރު 2023
ހޯދާ