އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

 

  1.  1 ޖެނުއަރީ 2024 އިން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަށްޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21ނޮވެމްބަރ 2023އިން 26 ނޮވެމްބަރ 2023 ގެ 14:00 ނިޔަލަށް  ބީލަމުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. ބީލަން ހުށައެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  5. މިބީލަމާއިގުޅިގެން ބާއްވާ މައުލޫމާތު ދިނުން އޮންނާނީ2023 ނޮވެމްބަރ 27ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގައި މިސްކޫލުގައެވެ. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 27ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިއުލާނުގެ 8ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 6ވާ ހޯމަ ދުވަހުގެ 13:00ގައި  މިސްކޫލުގައެވެ.
  7. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދެންނެވީމެވެ. 
  8. 8.     ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމް ސްކޫލު

ފޯން: 6580357   މޯބައިލް: 9123023 / 7568333

އީމެއިލް: [email protected]

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                              7 ޖުމާދުލްއައްވަލް   1445ހ

                             21 ނޮވެމްބަރ    2023މ

21 ނޮވެންބަރު 2023
ހޯދާ