މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޅި ކޮށުމާއި ގުޅޭ

މަގުތަކަކީ އެންމެންގެ ބޭނުމަށް ހެދިފައިވާ ތަންތަނެވެ. އެހެންކަމުން މަގުމަތީގައި އުޅޭ ފަރާތްތަކަށާއި ދުއްވާ ތަކެއްޗަށް އަމާން ތަނެއްގެ ގޮތުގައި މަގުތައް ބާއްވަންޖެހެއެވެ.

އެހެންނަމަވެސް ބައެއް ގޯތިތަކުގައި ހައްދާފައި ހުންނަ ގަސްތަކުގެ ކޯޅިތައް ވަރަށްބޮޑަށް މަގުތަކަށް ތިރިވެފައި ހުރުމާއި ގަސް އިންދުމާއި ގަސް ހެއްދުމުގައި ވަރަށްބޮޑަށް މަގުތަކަށް އަރާގޮތަށް ހުންނަކަން ފާހަގަ ކުރެވެއެވެ. މިކަންކަމަކީ މަގުމަތި ބޭނުންކުރާ އެކިފަރާތްތަކަށް އެކިވަރުގެ ދަތިތަކާއި ކުރިމަތި ލާންޖެހޭ ކަންކަމެވެ.

ވީމާ ގޯތިތަކުގައި ހުންނަ ގަސްގަހުން މަގުމައްޗަށް ހުންނަ ކޯޅިތައް މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިނުވާ ވަރަށް ބެހެއްޓުމަށާއި މަގުމަތީގައި ހައްދާ ގަސްތައް 2 ފޫޓަށްވުރެ ބޮޑަށް މަގުމައްޗަށް ނުހުންނަގޮތަށް ބެހެއްޓުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ.       

               ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

21 ނޮވެންބަރު 2023
ހޯދާ