ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

މިކައުންސިލުން ނިޔަމި ލެވެލް 2 ގެ ކޯހެއް  2023 ޑިސެންބަރު 09- 07 އަށް ލ. މާމެންދޫގައި ހިންގުމަށް ވަނީ ނިންމާފައެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:

  • ކޯހުގެ މުއްދަތު:  30 ގަޑި އިރު
  • ކޯހުގެ ފީ: -/2000 ރުފިޔާ (-/1000 ރުފިޔާ މިކައުންސިލުން ދައްކާދެވޭނެއެވެ.)
  • ޖާގައިގެ އަދަދު: 30
  • ކޯހުގެ ޝަރުތު: ލިޔަން ކިޔަން އެގުމާއެކު އުމުރުން 18 އަހަރު ފުރިފައިވުން

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެންބަރު 26 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 13:00  ކުރިން ގޫގަލްފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800678 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ގޫގަލް ފޯމުގެ ލިންކް:      https://shorturl.at/fpDKX

19 ނޮވެންބަރު 2023
ހޯދާ