މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                                 ނަމްބަރ: (IUL)295-A/295/2023/84

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ނ.ހޮޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މުއައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް ( ވަގުތީ )

ބޭނުންވާ އަދަދު:       

01 (އެކެއް)

ރޭންކް:

އެސް.އެސް 1

މުއްދަތު:

02 އަހަރު

މުސާރައާއި ޢިނާޔަތް:

މުސާރަ މަހަކު 3,100.00 ރުފިޔާ

ސަރވިސް އެލަވަންސް 1,000.00 ރުފިޔާ

 

އެލަވަންސް: 

ސަޕޯރޓިންގ ކޯރ އެލަވަންސް:   1,200.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:      832.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:   1085.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 08 ގަޑިއިރު (މިވަގުތުގެ ތެރޭގައި 01 ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ.)

މީގެއިތުރުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޕާރކްގައިވާ ތަކެއްޗާއި އައުޓްޑޯރ ޖިމްގައިވާ ތަކެތި ސާފުކުރުން
  2. ބަނދަރު ރެއިލިންގްތައް ސާފުކުރުން
  3. ފުޓްބޯޅަދަނޑު ސާފުކުރުމާއި، ފެންސް މަރާމާތުކުރުން
  4. ބަނދަރުގައިވާ ނ.ހޮޅުދޫ ނަންބޯޑް ސާފުކުރުން
  5. ޤަބުރުސްތާނު ސާފުކުރުން
  6. މަގުމަތީގައިވާ ކާނުތައް ސާފުކުރުން
  7. މިނޫންވެސް ކައުންސިލުން އަންގާ މުނިސިޕަލް ސަރވިސްގައި ހިމެނޭ މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ނޮވެމްބަރ 26 ވަނަ ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 03 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009  ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

19 ނޮވެމްބަރ 2023

19 ނޮވެންބަރު 2023
ހޯދާ