މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން މިރަށުގައި އިންދުމަށް ދެއްވި 200 ރުއް އިންދާތަން ސާފްކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ:

ސަރުކާރުން މިރަށުގައި އިންދުމަށް ދެއްވި 200 ރުއް އިންދާތަން ކޮށާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަމްބަރ 63/2023/289/289(IUL) ( 12 ނޮވެމްބަރ 2023 ) ގެ އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިދާރާއިން އެކަމަށްކުރި ނަމްބަރ 63/2023/289/289(IUL) ( 12 ނޮވެމްބަރ 2023 ) ގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

              މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރގެ ފަރާތުން މިރަށުގައި އިންދުމަށް ދެއްވާފައިވާ މެލޭޝިޔާ ޖާފާނު 200 ރުއް އިންދުމަށްޓަކައި މިރަށު މާބުދުގެ ސަރަހައްދުގެ އިރުމަތި ކޮޅުގައިވާ ބިން ކޮށާ ސާފްކޮށް އަލިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

               މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 22 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

                މަޢުލޫމާތު ސާފްކުރުމަށް ހަމަޖެހިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނޭ ކަމުގައި ދަންނަވަމެވެ.

16 ނޮވެންބަރު 2023
ހޯދާ