މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއާންޒް އިންޓަރނޭޝަނަލް ކޮލެޖްގެ ސްކޮލަރޝިޕް

މިއާންޒް އިންޓަރނޭޝަނަލް (އެމް.އައި) ކޮލެޖުގެ   ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ "ގައުމަށްޓަކާ" ޕްރޮގްރާމްގެ ތެރެއިން ، ދިވެހިރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށް ތިން (03) ސްކޮލާރޝިޕެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގެ މަޤުސަދަކީ ސްކޮލަރޝިޕްގެ އެހީގައި މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް އަދި ރަށްރަށުގައި މީހުން ބިނާކުރުމަށް ކައުންސިލުތައް ބާރުވެރިކުރުމެވެ.

މި ސްކޮލަރޝިޕްގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުތު ފުރިހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާނުލާ ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ، ފްރީޑިގްރީ ސުކީމުގެ ދަށުން އިތުރު ކޯސްފީއަކާނުލައި ބެޗެލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދެންނެވިފައިވާ ، ޕްރޮގްރާމްގެ ދަށުން މިރަށަށް ހުށަހަޅާފައިވާ ފުރުސަތުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކުން ، އެޕްލިކޭޝަން ފޯމު އަދި ދެންނެވިފައިވާ އެހެނިހެން ލިޔެކިޔުން ހަމަކުރެއްވުމަށްފަހު ، 20 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މި އިޢުލާނާއިއެކު ސްކޮލަރޝިޕް ޝަރުތުތަކާއި، ދަރިވަރުގެ އެއްބަސްވުމާއި، އެޕްލިކޭޝަން ފޯމު އަދި ގުޅުންހުރި އެހެނިހެން ލިޔުންތައް ހިމަނާފައިވާނެއެވެ.

16 ނޮވެންބަރު 2023
ހޯދާ