ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ކުނިއަޅާ ޑަސްބިންތައް ބެހެއްޓުމާއި ގުޅޭ

ބައެއް ފަރާތްތަކުން ތާރު އަޅާފައިވާ މަގުތަކުގެ ދުވާރުމައްޗާއި އަދި ވެލި މަގުތަކުގައި ކުނިއަޅާ ޑަސްބިން ނެރެ ބަހައްޓަމުންގެންދާކަން މިއިދާރާއަށް ފާހަގަކުރެވެއެވެ. މިކަމަކީ އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ ޤަވާއިދު (ނަންބަރ: 2019/R-853) “  އާންމު އުދަގުލާބެހޭ ވާއިދު "ގެ 9 ވަނަ މާއްދާގެ ( ހ ) އިން މަނާކޮށްފައިވާ ކަމަކެވެ. މިކަމުގެ ސަބަބުން އާއްމުންނަށް އުދާގޫވާ ކަމަށްވެފައި ބައެއް ޑަސްބިން ތަކުގައި ކުނިވާޒާތުގެ ތަކެތި އަޅާފައި ހުރުމުން ހިގާމީހުންނާއި އެހިސާބުގައި ދިރިއުޅޭ މީހުންނަށް ކުނިވަސް ދުވުމާއި އަދި ސިއްޙީ މައްސަލަތައް ދިމާވާނެކަމަކެވެ.

ކޮންމެ ގޯއްޗެއްގެ ޑަސްބިންތައް ބެހެއްޓިފައި ހުންނަށްވާނީ އެގޯއްޗަކަށް ވަންނަ ދޮރުކައިރީގަ ގޯތީގެ އެތެރޭގައެވެ. މިހެންކަމުން 12 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ގެއަކުންވެސް ޑަސްބިންތައް  ދުވާރުމަތީގައި ނުބެހެއްޓުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި އަދި ކުނި ނަގާ ޕިކަޕް އަންނަންވާއިރަށް ގޭގެ ދޮރުކައިރީ ގޯތިތެރޭގައި ފަސޭހައިން ޑަސްބިން ފެންނަ ގޮތަށް ބެހެއްޓުމަށްވެސް ދެންނެވީމެވެ.މިގޮތަށް ޑަސްބިން ބެހެއްޓޭނެ ޖާގަ ނެތް ގޭގެއިން ރޭގަނޑު 10.00 ގެ ފަހުން ގޭގެ ދޮރުކައިރީ ދުވާރުމަތީގައި ބުޅަލަށް ޑަސްބިންގެ މަތިގަނޑު ނުވެއްޓޭ ގޮތަށް ޑަސްބިންގެ މަތިގަނޑުގައި ބަރު އެއްޗެއް ބޭއްވުމާއި، ޑަސްބިން ހުސްކުރުމުން ވީހާ އަވަހަކަށް ގޯތި ތެރެއަށް ޑަސްބިން ވެއްދުމަށްވެސް ދެންނެވީމެވެ.

ވީމާ މި އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ ޤަވާއިދު ނަންބަރ: 2013/R-2041 "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު" ގެ 3 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާގެ ( ހ ) ގައިވާ ގޮތައް  އަމަލުނުރާ ފަރާތްތަކާމެދު މި އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ ޤަވާއިދު ނަންބަރ: 2013/R-2041 ގެ 6 ވަނަ ނަންބަރުގެ ( ހ ) އަދި ( ށ ) ގައި ވާގޮތައް ފިޔަވަޅު އަޅާނެ ކަމުގައިވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

15 ނޮވެންބަރު 2023
ހޯދާ