ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީ އާޘާރީ މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ތ.ވިލުފުށީ އާޘާރީ މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)383-ESD/383/2023/117 (31 އޮކްޓޫބަރު 2023) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

                     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://rb.gy/p3s02f މި ލިންކު މެދުވެރިކޮށް 2023 ނޮވެންބަރު 21 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލް އިދާރާގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

15 ނޮވެންބަރު 2023
ހޯދާ