މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ސްކޮލާރޝިޕް ފުރުޞަތާއިގުޅޭ

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ 'ޤައުމަށްޓަކާ' ސީ.އެސް.އާރު ކެމްޕެއިންގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށް 3 ސްކޮލާރޝިޕެއް ދިނުމަށްވަނީ ނިންމާފައެވެ. މިސްކޮލާރޝިޕްގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުޠު ފުރިހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާއިނުލާ ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ފްރީޑިގްރީ ސްކީމްގެ ދަށުން އިތުރު ކޯސްފީ އަކާނުލާ ބެޗެލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެމްބަރ 2023ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިދަންނަވާ ލިޔުންތަކާއިއެކު ހުށައެޅުއްވުން އެދެމެވެ. މިއިޢުލާނާއިއެކު ސްކޮލަރޝިޕްގެ އުސޫލާއި، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމް އަދި ސްކޮލަރޝިޕްގެ ޝަރުޠުތައް އާންމު ކުރީމެވެ.

14 ނޮވެންބަރު 2023
ހޯދާ