ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަމުގެ ތާރީޚްތަކަށް ބަދަލު ގެނައުމާއި ގުޅޭ

ބީލަމުގެ ތާރީޚްތަކަށް ބަދަލު ގެނައުމާއި ގުޅޭ

           ޓޫރިސްޓް ހޮޓެލް ހަދާ ހިންގުމަށް މިރަށުގެ ދަރުމަކޮޅުން  10،000 (ދިހަހާސް) އަކަފޫޓްގެ 5 ބިން (ޕްލޮޓް ނަމްބަރ 2،5،6،7،8) 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ ގޮތުން މިއިދާރާއިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ކަނޑައެޅިފައިވާ ތާރީޚުތަކަށް ބަދަލުގެނެވިފައިވާކަމުގައި ދަންނަވަމެވެ.

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ,  [email protected]މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ  13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ  [email protected]  މެއިލަށެވެ.

ބީލަން ހުށައެޅުން

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

                                 01   ޖުމާދަލްއޫލާ   1445

15 ނޮވެންބަރު 2023
ހޯދާ