ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހާއްސަ އާއްމު ޖަލްސާ 2023 އާ ގުޅޭ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) ގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓައި ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައިވާކަން ވާނީ މިއިދާރާގެ ނަންބަރު SOM/IUL/2023/008 (09 ނޮވެންބަރު 2023) ގައި އާއްމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

އެހެންކަމުން، 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސް-އޯ މޯލްޑިވްސްގެ ހާއްސަ އާއްމު ޖަލްސާއާގުޅޭ އިތުރު މައުލޫމާތު ތިރީގައި މިދަންނަވަނީއެވެ.

ތާރީޚު: 16 ނޮވެންބަރު 2023 (ބުރާސްފަތި)

ގަޑި: ރޭގަނޑު 08:30

ތަން: ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށްކަމުން، ބައިވެރިވުމަށް ރަޖިސްޓަރ ވާ މެންބަރުންނަށް ވައިބަރ/ އެސް.އެމް.އެސް އިން ލިންކު ފޮނުވޭނެއެވެ.

ނޯޓު: އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލްކޮށެވެ. ވޯޓުލުން ކުރިއަށްދާނެގޮތުގެ ތަފުސީލު ރަޖިސްޓްރޭޝަން ނިމުމުން ހިއްސާކުރެވޭނެއެވެ.

ވީމާ، މި ޖަލްސާގައި ބައިވެރިވުމަށް އެދޭ އެސް-އޯ މޯލްޑިވްސްގެ މެންބަރުން ތިރީގައިވާ ލިންކު މެދުވެރިކޮށް 2023 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޖަލްސާއަށް ރަޖިސްޓަރކުރުމަށް ދަންނަވަމެވެ. ޖަލްސާގައި ބައިވެރިވެވޭނީ ހަމައެކަނި ރަޖިސްޓަރކުރައްވާ މެންބަރުންނަށްކަންވެސް މިފުރުސަތުގައި ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި ދަންނަވަމެވެ، އަދާހަމަކުރެވިފައިވާ މެންބަރުންގެ ލިސްޓާއި ވޯޓުލެވޭ މެންބަރުންގެ ލިސްޓު މި އިއުލާނާއެކު އެއްކަރުދާސްކުރީމެވެ.

https://forms.gle/e57wjafpMZHHESDC8

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

 

14 ނޮވެންބަރު 2023

14 ނޮވެންބަރު 2023
ހޯދާ