ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިވާދޫ ބަނދަރުހިޔާ ސީލިންގްކުރުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލުންދެވޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނައިވާދޫ ބަނދަރުގައި ހަދާފައިވާ ބަނދަރުހިޔާ، ކައުންސިލުން ތަކެތި ފޯރުކޮށްދިނުމުން ސީލިން ކުރުމާއި، ނަލަފިލާ ހަރުކުރުމާއި އަދި ދިޔަދޮވި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހުށަހެޅުއްވުން

14.11.2023 ން  22.11.2023ގެ 10:00 ށް

-

26.11.2023 ގެ 10:15 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

  • ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/hfMjn4tF5jeHNZa26

 

  • ހދ.ނައިވާދޫ ބަނދަރުގައި ހަދާފައިވާ ބަނދަރުހިޔާ، ކައުންސިލުން ތަކެތި ފޯރުކޮށްދިނުމުން ސީލިން ކުރުމާއި، ނަލަފިލާ ހަރުކުރުމާއި އަދި ދިޔަދޮވި ހަރުކުރުމަށް ބޭނުންވާ ރިކުއާރމެންޓް ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

            މި ބީލަމާއި ގުޅިގެން ޕްރީ ބިޑް މީޓިންގއެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ބަނދަރުހިޔާ ސީލިންގކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   

30 ރަބީޢުލްއާޚިރު 1444

14  ނޮވެންބަރ  2023

14 ނޮވެންބަރު 2023
ހޯދާ