ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ބެހެއްޓުމާއި ބެހޭ

ޝީޝާ ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް،2023 ޑިސެންބަރ 14 އިން 24 އަށް ލ.ގަމު ޒޯން ސްޓޭޑިއަމް ހިނގަމުން ދާއިރު މުބާރާތް ބާއްވާ ސަރަހައްދުގައި ގާޑިޔާ ބެހެއްޓުމަށް ހުޅުވާލަމެވެ. މިފަހަރު މުބާރާތަށް ގާޑިޔާ ދޫކުރުމަށް ހަމަޖެހި ފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ.ގާޑިޔާ ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށް ދާމުއްދަތުގައި ގަމު ޒޯންސްޓޭޑިޔަމް ހިމެނޭ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

           ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހު 13:00 އަށް އަތޮޅު ކައުންސިލަށް ވަޑައިގެން އަގު ބަޔާންކުރާ ސިޓީ އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ ދޫކުރުމާއި ބެހޭ އުސޫލް އާއްމު ކުރީމެވެ.

 

30 ރަބީޢުލްއާޚިރު 1445

14 ނޮވެމްބަރ 2023

14 ނޮވެންބަރު 2023
ހޯދާ