އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރިސަރޗް ވެސަލް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރިސަރޗް ވެސަލް "ތިމާވެށި" އަށް ބޭނުންވާ އެންކަރ ވިންޑްލާސް ސިސްޓަމް އަދި ލައިޓްނިންގ ޕްރޮޓެކްޝަން ޑިޒައިންކޮށް، ސަޕްލައިކުރުމާއި އިންސްޓޯލް ކުރުން.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ރިސަރޗް އަށް ބޭނުންވާ އެންކަރ ވިންޑްލާސް ސިސްޓަމް އަދި ލައިޓްނިންގ ޕްރޮޓެކްޝަން ޑިޒައިންކޮށް، ސަޕްލައިކުރުމާއި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކުން މި އިޢުލާނުގައިވާގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 26 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 26 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://forms.gle/5QLxrnarryEAjFC3A

އިތުރު މަޢުލޫމާތު ސާފުކުރުން

މި ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނަ ތަން، ގަޑި އަދި ތާރީޚް ފަހުން އެންގޭނެއެވެ. އަދި މީގެ އިތުރުންވެސް އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، އީ-މެއިލް ކުރާނީ 22 ނޮވެމްބަރު 2023 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]:  

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް (އީ.ޕީ.އޭ) ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ބާތިލުކުރުމުގެ އިޚްތިޔާރުވެސް އީ.ޕީ.އޭ އަށް ލިބިގެންވެއެވެ.

14 ނޮވެންބަރު 2023
ހޯދާ