ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

           ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއާއި އައިފާސް ޑްރީމް ގުޅިގެން މިރަށުގައި ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގާ ބައިވެރިވާން ބޭނުންފުޅުވެ ލައްވާ ދެ ޖިންސުގެ ބޭފުޅުންނަށްވެސް ފުރުޞަތު ހުޅުވާލެވިފައިވެއެވެ. މި ކޯހުގާ ބައިވެރިވެ ލައްވާ ކޮންމެ ބޭފުޅެއްގެ އަތުން ކޯހުގާ ބައިވެރިވުމަށް 2000.00 ( ދެހާސް )  ރުފިޔާ ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މީގެ ތެރެއިން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއިން 500.00 ( ފަސް ސަތޭކަ ) ރުފިޔާ ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން އުނިކޮށް ދެއްވާނެ ވާހަކަ ދަންނަވަމެވެ.

           އަދި  މިކޯހުގާ ބައިވެރިވާ ޢުމުރުން 10 އަހަރުންމަތީގެ ސްކޫލު ދަރިވަރުންގެ އަތުން މިކޯހުގާ ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެވާހަކަ ދަންނަވަމެވެ.

          ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާ އަށް ދުރުވެ ފޯމް ނެންގެވުމަށްފަހު ، ފޯމް ފުރިހަމަކޮށް 24 ނޮވެމްބަރު 2023 ވަނަ ދުވަހުގެ 14.00 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ. 

                  29 ރަބީޢުލް އާޚިރު 1445

                  13 ނޮވެމްބަރު    2023

13 ނޮވެންބަރު 2023
ހޯދާ