މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަތޮޅު ޙިފްޘް މަޝްރޫޢު" އާގުޅޭ

ޖަމްޢިއްޔަތުލް ތަޙްފީޡިލް ޤުރުއާނިލް ކަރީމް ޖަމިއްޔާއިން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި ގުޅިގެން ހިންގަމުން ގެންދާ ކީރިތި ޤުރުއާން ޙިފްޡް ކޮށްދޭ "އަތޮޅު ޙިފްޡް މަޝްރޫޢު" ގެ އާބެޗެއް މިހިގާ ނޮވެމްބަރުމަހު ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ތައްޔާރުވެފައިވާކަމަށް އަތޮޅު ކައުންސިލުންވަނީ މިއިދާރާއަށް މަޢުލޫމާތުދެއްވާފައެވެ. އެގޮތުން މި ޕްރޮގްރާމަކީ ކޮންމެ އަތޮޅަކަށް 30 ޖާގަދީގެން ކުރިއަށް ގެންދާޕްރޮގްރާމެއް ކަމަށާއި، ކޮންމެ ރަށަކުން މި ޕްރޮގްރާމަށް ޝަރުތު ހަމަވާ، 03 ކުއްޖަކަށް ފުރުސަތު އޮތްކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އަދި މި ޕްރޮގްރާމަށް ޝައުޤުވެރިކަން ހުރި މިންވަރަކުން، 03 ކުދިންނަށްވުރެ ގިނައިން ރަށްރަށުން ނަންފޮނުވިދާނެކަމަށާއި ކޮންމެ އަތޮޅަކަށް ދީފައިވަނީ 30 ޖާގަކަމުން 30 ކުދިން ހަމަކުރާނީ އާބާދީ ގިނަ ރަށްރަށުގެ ނިސްބަތުން ކަމުގައިވެސް ފާގަކަ ކުރައްވާފައިވެއެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ 8 އަހަރުން ފެށިގެން މަތީއުމުރުފުރައިގެ ސުކޫލުދަރިވަރުންނަށެވެ.

    ވީމާ، ޤުރުޢާން ޙިފްޡް ކުރުމަށް ޝަޢުޤުވެރިވެލައްވާ ދަރިވަރުން 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މިލިންކް މެދުވެރިކޮށް: https://docs.google.com/forms/d/e/1FAIpQLScKS3qZnkdxd5XvSkeoYXTYEPyPqkv8GdrKj4G18cvJhcf2vA/viewform?usp=sf_link ގޫގުލް ފޯމްފުރިހަމަ ކޮށްދެއްވުން އެދެމެވެ. ޝައުޤުވެރިކަން ހުރި ދަރިވަރުންގެ އަދަދު 03 ދަރިވަރުންނަށްވުރެ ގިނަ ވާކަމުގައިވާނަމަ 03 ދަރިވަރުން ހޮވުމަށް ޤުރުވަތު ލެވޭނެކަމުގައި ދެންނެވީމެވެ.

     އަދި ދަންނަވަމެވެ. މި އިޢުލާނާއެކު "އަތޮޅު ޙިފްޡް ޕްރޮގްރާމް" ގެ މަޢުލޫމާތު ކަރުދާސް ހިއްސާކުރީމެވެ.  

      

               ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

13 ނޮވެންބަރު 2023
ހޯދާ