މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު

މިއާންޒް އިންޓަނޭޝަނަލް ކޮލެޖުގެ "ގައުމަށްޓަކާ" ސީ.އެސް.އާރ ކެމްޕެއިންގެ ދަށުން މި ކައުންސިލަށް ދެއްވާފައިވާ 3 ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުން

           މިއާންޒް އިންޓަރނޭޝަނަލް ކޮލެޖްގެ "ގައުމަށްޓަކާ" ސީ.އެސް.އާރ ކެމްޕެއިންގެ ދަށުން، ދިވެހިރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށް 3 ސްކޮލާރޝިޕެއް ދިނުމަށް ނިންމަވާފައިވާ ކަމަށް އެ ކޮލެޖުންވަނީ މިއިދާރާއަށް އަންގަވާފައެވެ.

           މި ސްކޮލާރޝިޕްގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުޠު ފުރިހަމަނުވާ ދަރިވަރުންނަށްވެސް، އެއްވެސް ކޯސްފީއަކާއިނުލައި ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ފްރީޑިގްރީ ސްކީމްގެ ދަށުން އިތުރު ކޯސްފީއަކާއިނުލައި، ބެޗިލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

           ވީމާ، މި ސްކޯލަރޝިޕަށް ކުރިމަތިލައްވަން ބޭނުފުޅުވާ ފަރާތްތަކުން 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސްކޯލަރޝިޕްއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއިއެކު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި 3 ފަރާތައްވުރެ ގިނަ ފަރާތްތަކުން މި ސްކޯލަރޝިޕަށް ކުރިމަތިލައިފިނަމަ، މި ސްކޯލަރޝިޕްގެ ފުރުސަތު ދެވޭނީ ގުރުއަތުން ހޮވޭ 3 ފަރާތަކަށެވެ.

           މި އިޢުލާނާއެކު، ސްކޯލަރޝިޕްއަށް އެދޭ ފޯމް އަދި ސްކޯލަރޝިޕްގެ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ސްކޯލަރޝިޕަށް އެދޭ ފޯމް މިއިދާރާއިންވެސް ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

 

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ނޮވެންބަރު 2023
ހޯދާ