މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިހާދޫ އިކޯސެންޓްރޯ އިން ބަނދަރަށް ނެއްލާ ކުނިތައް، ކުނިބަލާ އަންނަ އުޅަނދަށް އެރުވުމުގެ މަސައްކަތް

ކިހާދޫ އިކޯސެންޓްރޯ އިން ބަނދަރަށް ނެއްލާ ކުނިތައް، ކުނިބަލާ އަންނަ އުޅަނދަށް އެރުވުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަސައްކަތް ކޮށްދެވޭނެ އަގު (ކޮޓޭޝަން) 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޮޓޭޝަން އާއެކު މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ވާނެއެވެ. ކޮޓޭޝަން ހުންނަންވާނީ ސިޓީ އުރައަކަށް ލާ ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "ކުނިތައް ބޯއްޓަށް އެރުވުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ކޮޓޭޝަން ފޯމު މިއިދާރައިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްތަކައި ދެންނެވީމެވެ.

ކުނިތައް އުޅަނދަށް އެރުވުމުގެ މަސައްކަތް ތާވަލް ކުރެވިފައިވަނީ 15 ނޮވެމްބަރ 2023 އާއި 20 ނޮވެމްބަރ 2023 އާ ދޭތެރޭގައެވެ. މަސައްކަތް ކުރުމަށް ކަނޑައެޅޭނެ ވަގުތު މިއިދާރާއިން މަސައްކަތާއި ހަވާލުވާ ފަރާތަށް އަންގާނެއެވެ. ވަގުތަށް އަންނަ ބަދަލާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތުން މަސައްކަތް ކޮށްދޭންވާނެއެވެ.

މަސައްކަތާއި ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

12 ނޮވެންބަރު 2023
ހޯދާ