ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމެޓީގެ ތިރީގައި މިދަންނަވާ މަގާމުތައްވަނީ ހުސްވެފައެވެ. އެހެންކަމުން މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެސް-އޯ މޯލްޑިވްސްގެ މެންބަރުންނަށް ހުޅުވާލެވިފައިވާވާހަކަ ދަންނަވަމެވެ.

1.      ޓެކްނިކަލް/ ސްޕޯޓްސް ޑައިރެކްޓަރ

2.      އާއްމު މެންބަރު

ވީމާ، އެސް-އޯ މޯލްޑިސްގެ މެންބަރުންގެތެރެއިން މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތައް މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަގާމުތަކަށްއެދި ކުރިމަތިލުމަށްޓަކައި މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލުކުރެއްވުންއެދެމެވެ.

އަދި ދަންނަވަމެވެ، މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެފަހު ވަގުތަކީ 2023 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ކަމުގައިވެސް ދަންނަވަމެވެ.

 މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްސްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

 

09 ނޮވެންބަރު 2023

09 ނޮވެންބަރު 2023
ހޯދާ