ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ބެހެއްޓުމަށް

މި މަދަރުސާގެ އުތުރުފަރާތުގެ 3 އިމާރާތް ބެލެހެއްޓުމަށްޓަކައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ބެހެއްޓުމަށް ބޭނުންވެއެވެ.

  • މި ސެކިއުރިޓީ ކެމެރާ ސިސްޓަމްގައި ހިމެނޭ މައިގަނޑު ތަކެތީގެ ސްޕެސިފިކޭޝަނާއި އަދަދުތައް ތިރީގައި މިވަނީއެވެ.

އަދަދު

އައިޓަމް

ސްޕެސިފިކޭޝަން

2

އެން.ވީ.އާރު - 1 ޓީބީ

(16 ޗެނަލް)

24

ޕީ.އޯ.އީ-  އައި. ޕީ ކެމެރާ (އިންޑޯރ)

(އެޗް.ޑީ އިންޑޯ ޑޯމް)

8

ޕީ.އޯ.އީ-  އައި. ޕީ ކެމެރާ (އައުޓްޑޯރ)

އެޗް.ޑީ އައުޓްޑޯރ ބްލެޓް

1

Cat5-e UTP ކޭބަލް ރޯލް (4ޕެއަރ – 305މ)

1305 މީޓަރ

2

ޕީ.އޯ.އީ ލޭޔަރ 2 ނެޓްވޯކް ސްވިޗް

24 ޕޯޓް

70

Cat5-e RJ45 ޖެކް

8 ޕިންގެ ޖެކް

 

 

 

 

 

ވީމާ، މި ތަކެތި ފޯރުކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް ހއ. އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް ހއ. އަތޮޅު މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހާޒިރުވި ނަމަވެސް އެ ފަރާތްތަކަށް އެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް މީހަކު ފޮނުއްވުމަކާނުލައި ފޮނުއްވާ އަންދާސީހިސާބު ބަލައެއްވެސް ނުގަނެވޭނެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ދެންނެވި ގޮތުގެމަތިން އަގު ހުށަހެޅުއްވުމަށް އެދި މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500048 އަށް ގުޅުއްވުން އެދެމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ