ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހާއްސަ އާއްމު ޖަލްސާ 2023

28 އޮކްޓޫބަރު 2023 ވީ ހޮނިހިރު ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 9 ވަނަ ޖަލްސާގައި އެސް-އޯ މޯލްޑިވްސްގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓައި ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށްވަނީ ނިންމަވާފައެވެ.

އެހެންކަމުން 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހު އެސް-އޯ މޯލްޑިވްސްގެ ހާއްސަ އާއްމު ޖަލްސާއެއް އޮންނާނެވާހަކަ އެސް-އޯ މޯލްޑިވްސްގެ މެންބަރުންގެ މައުލޫމާތަށްޓަކައި އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.

ވީމާ، މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން ޖަލްސާއަށް ރަޖިސްޓަރކުރުމަށްޓަކައި ފުރުސަތު ހުޅުވާލާނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

 

09 ނޮވެންބަރު 2023

09 ނޮވެންބަރު 2023
ހޯދާ