މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL) 471-HDS3/471/2023/357 (5 ނޮވެންބަރު 2023) އިއުލާނުން ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް ގިނަފަރާތްތަކަކުން އެދެމުންގެންދާތީ 10 ނޮވެންބަރު 2023 ގެ 23:59 އަށް ޝަކުވާހުށަހެޅުމުގެ މުއްދަތު މިހާރުވާނީ އިތުކޮށްފައެވެ.

ވީމާ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ދާއިމީ ލިސްޓާއިގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން ޝަކުވާ ހުސަހެޅުމަށް ދަންނަވަމެވެ.

ވީމާ، މިހެންވެ މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

             

09 ނޮވެންބަރު 2023
ހޯދާ