މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2023/11

މިދަންނަވާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. މި ބިންތައް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ވިޔަފާރިތަކުން ތިރީގައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

#

ބިން އޮތް ސަރަޙައްދު

ބިމުގެ ނަން

އަވަށް

ކޮށީ ނަންބަރު

ތަރުތީބު ނަންބަރު

އަކަފޫޓް

1

'ހިޖުރަ' ގޯތީގެ އުތުރުން އެއް އިންކޮށް

198

 

އިރުމަތި

ސީ - 9

198

1200.00

2

'ސޯސަންމާ' ގޯތީގެ ދެކުނުން އެއް އިންކޮށް

674

ސީ - 9

674

1250.00

3

'ސްވީޓްޑްރީމް' ގެ ދެކުނުން އެއް އިންކޮށް

203

ސީ - 8

203

1000.00

އިތުރު މަޢުލޫމާތު

  1. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  2. ބިޑް ހުށަހެޅޭ އެންމެ ކުޑަ އަކަފޫޓަކަށް އަގަކީ -/1 (އެކެއް) ރުފިޔާއެވެ.
  3. ކޮންމެ 5 (ފަހެއް) އަހަރަކުން އަކަފޫޓަކަށް ކުއްޔަށް ނަގާ މިންވަރު 50 (ފަންސާސް) ލާރި އިތުރުކުރެވޭނެއެވެ.
  4. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންވާނެއެވެ.
  5. މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
  6. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
  7. މިބިންތަކުގައި ކުރެވޭނީ ސިމެންތި ގައުއެޅުމާއި ތަކެތި ގުދަންކުރުމާއި އެހެނިހެން ވިޔަފާރި (ތެލާއި ގޭހާއި މަސްކައްކާ ހިއްކުން ފިޔަވައި) ކުރުމުގެ މަސައްކަތެވެ.
  8. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
  9. ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 6 (ހައެއް) މަސްދުވަސްތެރޭގައި ބިމުގައި ކުރަން ހުށަހަޅާ މަސައްކަތް ފަށަންވާނެއެވެ.
  10. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 8 (އަށެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
  11. މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
  12. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިއެކި ކަންކަމަށް ކުރި ޚަރަދުގެ ތަފްސީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ރަޖިސްޓްރީކުރުން

2023 ނޮވެންބަރު 19 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ބިން ކުއްޔަށް ދޫކުރުމުގެ ބިޑުގައި ރަޖިސްޓްރީވާން އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 ނޮވެންބަރު 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 ނޮވެންބަރު 20 ވާ ހޯމަ ދުވަހުގެ 13:30 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %80

- މާލީ ޤާބިލުކަން

- އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09 ނޮވެންބަރު 2023
ހޯދާ