އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން - ޑިއު ޑިލިޖެންސް އެފް ކޯޑް ބޭނުންކުރުމާއި ގުޅޭ

ނޫސް ބަޔާން

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުގެ "ޑިއު ޑިލިޖެންސް" ހެދުމުގެ މަސައްކަތް، އެކި ފަރާތްތަކުން ކުރަމުންދާއިރު، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކުގެ ދަށުން އެ ކުންފުންޏާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެދި މި އެޖެންސީއަށް އަންނަނީ ހުށަހަޅަމުންނެވެ.

މިފަދައިން "ޑިއު ޑިލިޖެންސް" އަށް އެދި މި އެޖެންސީއަށް ހުށަހަޅާ ބައެއް ހުށަހެޅުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވުމާއި، "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދޭ ރަށްރަށާއި ފަޅުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި މި އެޖެންސީއަށް ހުށަހަޅާއިރު، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ އިން އެރަށަކަށް ޙާއްސަކޮށްފައިވާ އެފް ކޯޑް ބޭނުންކުރެއްވުމަށާއި، އެފް ކޯޑު ނެތް ފަޅެއްގެ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާނަމަ، އެ ފަޅަކަށް ކަނޑައެޅިފައިވާ ރަނގަޅު ލޮކޭޝަން ބަޔާންކުރެއްވުމަށް ސަމާލުކަން ދެއްވުން އެދި ދެންނެވީމެވެ.

09 ނޮވެންބަރު 2023
ހޯދާ