ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޮނޑުދޮށުން ވެލިނެގުމާއި ގުޅޭ

މިހާރަކަށް އައިސް ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތިވަމުންދެއެވެ. ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު: 78/77 "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާއި ބެހޭ ޤާނޫނު" އަދި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ  ޤަވާއިދު" އާއި ޤަވާއިދު ނަންބަރު: 2013/R-15 "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ.

   ވީމާ، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ވެލިނެގުމުގައި ޢަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި ދަންނަވަމެވެ. ޤަވާއިދާ ޙިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު: 2012/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު)ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

08 ނޮވެންބަރު 2023
ހޯދާ