އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. އަތޮޅު ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އދ. އަތޮޅު ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 07 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެންދުނު 11:00 ގެ ނިޔަލަށް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެންދުނު  11:00 ގައި އދ. އަތޮޅު ހޮސްޕިޓަލް ކޮންފަރެންސް ހޯލް ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި އިޢުލާނާގުޅޭ ޕްރީބިޑް މީޓިންގްއެއް 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހޮސްޕިޓަލް ކޮންފަރެންސް ހޯލްގައި އޮންނާނެވާހަކަ ދެންނެވީމެވެ.

08 ނޮވެންބަރު 2023
ހޯދާ